logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

10 މީހުންނާއި އެކު ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

މާލެއިން ފުރައިގެން ރާ އަތޮޅަށް ދަތުރުކުރި " ހޮރައިޒިއާ 2″ ބޯޓު ގައި އަލިފާން ރޯވެގެން، ފުލުހުން އެހީތެރިވެ މީހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ، ކުޑަރިކިލު ކައިރިން އެ ބޯޓުގައި ރޯވެގެން އުޅޭކަން މިރޭ 19:30 ހާއިރު ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފައެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.

އަދި ބ.އޭދަފުށީ ސީއެމްބިއުލާންސާއި ޅ.މާފިލާފުށިން ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗް އެސަރަހަށްދަށް ގޮސް އެހީވި ކަމަށް ފުލުހުން ބުނެއެވެ.

ފޯ ސީޒަން ރިސޯޓުން ދިން އެހީތެރިކަމަށްޓަކާ ޝުކުރުވެރިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިއްޔެ ވެސް ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ވަނީ ހިނގައިފައެވެ. މުދާ ބަރުކޮށްގެން މާލެއިން ރ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "އާލާ ބޯޓު" އިއްޔެ ވަނީ ދިޔަވެ އަޑިއަށް ގޮހެވެ. އޭގެ ސަބަބުން ރ. މަޑުއްވަރީގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއްވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *