logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އައްޑޫގެ މަޝްރޫއުތައް ނިމޭއިރު 7،000 އެނދު އޮޕަރޭޓްކުރެވިގެންދާނެ: ރައީސް

އައްޑޫ ސިޓީގައި މި ސަރުކާރުން މިހާތަނަށް ރޭވިފައިވާ މަޝަރޫއުތައް ނިމޭއިރު 7،000 ޓޫރިސްޓް އެނދު އައްޑޫގައި އޮޕަރޭޓް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މަރަދޫ ހިއްކި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ،ކުރީގެ އެކި ސަރުކާރުތަކުން ވެސް ފޮނި އުއްމީދެއް ދައްކަމުން އައި ހަންކެޑެ ޕްރޮޖެކްޓަކީ ޖުމްލަ 2،782 އެނދު އިތުރުވާނެ މަޝްރޫއެއް ކަމަށާއި އެ ޕްރޮޖެކްޓުގެ ތެރެއިން އައްޑޫގެ އެހެން ރަށްތަކުގައި 7،600 އެނދު އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީގެ އެހެެން ރަށްތަކަށް ޖުމުލަ 600 ޓޫރިސްޓް އެނދު އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކަފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމާނެ އެވެ.

އައްޑޫ ތަރައްގީކުރުމަށް ކުރިޔަށް އޮތް މަޝްރޫއުތަކާއި މެދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖުމްލަ 1.5 ބިލިއަން ރުފިޔާ ހަރަދުކުރާ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢުއުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެ ކަމަށެވެ. ހަމައެއާއެކު އިތުރު މަޝްރޫއެއްގެ ދަށުން 42 ހެކްޓަރ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގޭނެ ކަމަށް ވެސް އެމަނިކްފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑަށް އިސްކަމެއްދެއްވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މި މަޝްރޫއުތައް ކުރިޔަށްގެންދިއުމަށް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކުރިން ކޮންކްރިޓް އަޅައިގެން ހަނދަން ހަމަޖެހިފައިވާ 67 ކިލޯމީޓަރުގެ މަގުތައް ރައްޔިތުން އެދުނު ގޮތަށް ތާރުއަޅައިގެން ހެދުމަށް މިހާރު ހަމަޖެހިފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅު އިއްޔެ ފައްޓަވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *