logo minivan

English

ހޯމަ, 17 ޖޫން 2024

އައްޑޫސިޓީގެ އ.ތ.މ ކޮމެޓީގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާ ކުރައްވައިފި

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ.)ގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުއާ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރެއްވީ އައްޑޫސިޓީ ކައުންސިލުގެ އިދާރާގައި އޮތް ހާއްސަ ބައްދަލުވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމެޓީގެ މެންބަރުން ވަނީ އެ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ކައުންސިލުތަކުގެ ބަޖެޓުން މިހާރު ކަނޑައަޅާފައިވާ އިންސައްތަ މިހާރަށްވުރެ މަތިކުރުމަށާއި އަދި ސިޓީ ކައުންސިލުތަކުގެ އ.ތ.މ ކޮމެޓީގެ މެންބަރުންނަށް އިތުރު އެލަންވަންސްތައް ހަމަޖެހުން ފަދަ ކަންކަން ފަހިކޮށްދިނުމަށް ރައީސް ސޯލިހުގެ އަރިހުން އެދިފައެވެ. މީގެ އިތުރުންވެސް އަންހެނުން އިތުރަށް ބާރުވެރިކުރުމަށް މަގުފަހިކުރުމަށް ކުރަންހުރި އިތުރުކަންކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކަންބޮޑުވުން ތަކާގުޅޭގޮތުން މެންބަރުން ދެއްކެވި ވާހަކަތަކަށް ފަހު ރައީސް ސޯލިހު ވިދާޅުވީ، އ.ތ.މ. ކޮމެޓީތަކަށް ބޭނުންވާ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ. އަދި ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން ފަހިކުރެވެންހުރި އިތުރުކަންކަން ބައްލަވައި އެކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހް އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *