logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ހިންމަފުށީގައި ޖަލެއް ގާއިމްކޮށްފި

ކ. ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް އާބަންކޯ އިން ނިންމާލައިފިއެވެ.

އެ ޕްރޮޖެކްޓް ކުރިއަށްގެންގޮސްފައިވަނީ އާބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުންނެވެ.

މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދައި ނިމެން ގާތްވެފައިވުމުން، އެތަނުގައި ދަރުވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ރައީސް އޮފީހުގެ އެދުމުގެ މަތިން އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބައު އިމާރާތެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބްލޮކް ހިމެނޭ ގޮތަށް އާބަންކޯއިން ގާއިމް ކުރި މި ޖަލުގައި، ޖާގައިގެ ގޮތުން މީގެއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބެހެއްޓޭނެއެވެ. އަދި ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެތަނުގައި އިމާރާތްކޮށްފައިވާއިރު، އަދި މައި އިމާރާތުގެ ސްޓަރްކްޗަރ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް އެ ކުންފުނިން ވާނީ ކޮށްފައެވެ.

މާލެ ޖަލު ހުރި ސަރަހައްދު ހުސްކޮށް ހިންމަފުށީގައި ގާއިމްކުރި ޖަހުގެ މަސައްކަތްތައް ނިންމާލުމަށް ފަހު އާބަންކޯ ފަރާތުން މިހާރު ވާނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފައެވެ.

އާބަންކޯގެ މައިގަނޑު މަސައްކަތަކީ ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ނަމަވެސް ހިންމަފުށީ ޖަލުގެ މަސައްކަތަކީ މި ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން، ކޮމިއުނިޓީ ރެސްޕޮންސް ޓީމުން ކޮށްދެއްވި މަސައްކަތެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ