logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

’ދަ ޑިމޮކްރެޓްސް' އަށް ބިރުދައްކާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ދަ ޑިމޮކްރެޓްސް އުފައްދަން ސޮއިކުރި މެމްބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީީފު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ.

ހަސަން ލަތީފް  އެ މައްސަލަ ހުށަހެޅުއްވީ ޑިމޮކްރެޓްސް އުފެއްދުމަށް ހުށަހެޅި ފޯމުތަކުގައިވާ މައުލޫމާތު ސަރުކާރުން ވަގަށް ހޯދައި އެ މީހުންނަށް ގުޅައި ބިރުދައްކަން ފަށައިފައިވާކަމަށް  ތުހުމަތުކުރައްވާފައެވެ.

"ސަރުކާރުގެ މިނިސްޓަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު އަމަލު ހިންގަވަމުން،" އިއްޔެ މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވި އެވެ.

ރައީސް ނަޝިދުގެ ފިކުރެެއްގެ ދިރުމުން  އުފައްދާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން އެޕާޓީން މިމަހުގެ އެއްވަނަ ދުވަހު ވަނީ 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ