logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024

ހެއިޓީ އަށް ބިންހެލުމުގައި ތިން މީހަކު މަރުވެއްޖެ

ހެއިޓީގެ ހުޅަނގަށް އައި 4.9 މެގްނިޓިއުޑްގެ ބިންހެލުމުގައި ތިން މީހަކު މަރުވެ، އެތައް ހާސް ބަޔަކު ޒަހަމްވެއްޖެއެވެ.

ބިންހެލުން އައިސްފައި ވަނީ ވެރިރަށް ޕޯޓް އޯ ޕްރިންސްގެ ހުޅަނގުން ގާތްގަނޑަކަށް 300 ކިލޯމީޓަރު (186 މޭލު) ދުރުގައި ހުންނަ ގްރޭންޑް އެންސޭ ޑިޕާޓްމަންޓުންނެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރު (6 މޭލު) އަޑިންނެވެ.

ގްރޭންޑް އެންސްގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު ކްރިސްޓީން މޮންކްއެލް ވިދާޅުވި ގޮތުގައި ބިންހެލުމުގައި ތިން މީހަކު ވަނީ މަރުވެފައެވެ. މި މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށާއި އެ މީހުންގެ ގެ ވެއްޓުމުގެ ސަބަބުން ފުރާނަ ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ. މޮންކުއެލް ވިދާޅުވީ 28 މީހުން ޒަހަމްވެފައިވާ ކަމަށާއި، އިތުރު ގެއްލުމެއް ލިބުނު ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ބިންހެލުން އައިސްފައިވަނީ ހައިޓީއަށް މިހާރުވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައެވެ. ދާދި ފަހުން މޫސުން ގޯސްވުމުގެ ސަބަބުން 42 މީހުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.

2010 ވަނަ އަހަރު ހެއިޓީގެ އާބާދީ ބޮޑު ވެރިރަށް ކައިރީގައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ. މި ބިންހެލުމުގެ ސަބަބުން ދެ ލައްކަ އެއްހާ މީހުންގެ ފުރާނަ ގެއްލި، އިމާރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *