logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ފޮޓޯ: ހައްޖުކޯޕަރޭޝަން

ހައްޖުވެރިންނަށް ލޮކޭޓިން ޑިވައިސްއެއް ދޭން ނިންމައިފި

މި އަހަރު ހައްޖަށް ދާ މީހުންނަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި، ދިވެހި ހައްޖުވެރިން ގެއްލޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ލޮކޭޓިން ޑިވައިސްއެއް ދޭން ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ލޮކޭޓިން ޑިވައިސް ދެނީ އޭގެ ބޭނުން އެންމެ ބޮޑަށް ޖެހޭނެ ކަމަށް ބެލެވޭތީ ކަމަށާއި އަދި އެފަދަ މީހުން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު، ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް އެތެރެވާ ހިސާބުން ޑިވައިސްދޭނެ ކަމަށެވެ. މީގެ އެހީގައި ހަރަމްފުޅުގެ ތެރެއިން ނުވަތަ ހައްޖުވެރިން ތިބޭ ހޮޓަލުގެ ބޭރުން ވެސް ހައްޖުވެރިއަކު ގެއްލިއްޖެ ނަމަ އެމީހަކު ހުރި ތަނެއް ފަސޭހަކަމާ އެކީ ދެނެގަނެވި އެ މީހަކު ހޯދޭނެ އެވެ.

އެގޮތުން މިއަހަރު ހައްޖަށް ފުރާ ހައްޖުވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި މިހާރު އަންނަނީ މައުލޫމާތު ބައްދަލުވުންތަކެއް ކުރިޔަށްގެންދަމުންނެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ފުރަން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. މި އަހަރު ރާއްޖެ އިން ހައްޖަށް ދަނީ 1،000 މީހުންނެވެ. އޭގެ ތެރެއިން 600 ކޯޓާ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ބާކީ ތިބި މީހުން ހައްޖަށް ދަނީ ތިން ގްރޫޕެއްގެ ހަވާލުގަ އެވެ. އެއީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްހަރަމައިން ހައްޖު އެންޑް އުމްރާ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ