logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ތުރުކީގެ ފެކްޓްރީގައި ގޮވުމެއް ގޮވައި ފަސް މީހަކު މަރުވެއްޖެ

ތުރުކީގެ ފެކްޓްރީއެެއްގައި ގޮވުމެއް ގޮވައި ފަސް މީހުން މަރުވެއްޖެއެވެ.

އެކަން ހިނގީ ވެރިރަށް އަންކާރާގެ އިރުން 40 ކިލޯމީޓަރު (25 މޭލު) ދުރުގައި ހުންނަ ސަރުކާރު ހިއްސާވާ އެމްކޭއީ ރޮކެޓް އެންޑް އެކްސްޕްލޯސިވްސް ފެކްޓްރީގައެވެ.

ގޮވުމުގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެފައިވާއިރު، ކައިރީގައި ހުރި ގެތަކާއި ފިހާރަތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ ކަމަށް ދައުލަތުގެ ޓީވީން ބުނެއެވެ.

އޮފިޝަލުން ވިދާޅުވީ ގޮވަން މެދުވެރިވީ ފެކްޓްރީގެ ޑައިނަމައިޓް ޑިޕާޓްމަންޓުގައި ހިނގި ހާދިސާއެއްގެ ސަބަބުން ކަމަށެވެ.

ރީޖަނަލް ގަވަރުނަރު ވަހަޕް ސާހިން ވިދާޅުވީ ޒަހަމްވި މުވައްޒަފުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ޑިފެންސް މިނިސްޓަރުގެ ނައިބު އަލްޕާސްލާން ކަވަކްލިއޯގްލޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގޮވުމުގެ ކުރިން އޮފިޝަލުން އިމާރާތުގެ އެތެރޭގެ ފުޓޭޖްތައް ރިވިއުކޮށްފައިވާ ކަމަށާއި ގޮވި ވަގުތާ ހަމައަށް ވެސް އާދަޔާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހާދިސާއާ ގުޅިގެން ޝަރުއީ އަދި އިދާރީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *