logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައި އަނބުރާ ދޫނިދޫ އަށް ގެންދަނީ ؛- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް އަދީބުގެ ހެކިބަސްނެގުން މިއަދު!

ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދަށް ތާވަލްކޮށްފިއެވެ.

ހެނދުނު 9 ޖަހާއިއަށް ތާވަލް ކޮށްފައިވާ މި އަޑުއެހުމުގައި އޮންނާނީ ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ ހެކިބަސް ނެގުންކަމަށް މައުލޫމާތު ލިބެއެވެ.

އަހުމަދު އަދީބުގެ ހެކިބަސް ކުރިމިނަލް ކޯޓުން ނަގަން ތާވަލްކޮށްފައިވާއިރު ޔާމީނަށް ދެކޮޅަށް އަދީބުގެ ހެކިބަސް ނުނެގޭނެ ކަމަށްބުނެ ޔާމީންގެ ފަރާތުން ހައިކޯޓަށާއި ސްޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށައެޅިއެވެ. ނަމަވެސް މި ދެކޯޓުންވެސް ނިންމާފައިވަނީ އަދީބުގެ ހެކިބަސް ނެގޭނެ ކަމަށެވެ.

ދަށު ކޯޓުގައި މިހާރު ހިނގަމުންދާ ފުއްގިރީގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. މި މައްސަލައިގައި ޔާމީންގެ އިތުރުން ދެން ދައުވާކޮށްފައިވަނީ އަހުމަދު ކްރިކް ރިޒާއާއި ސަންގެ ދެ ކުންފުނީގެ މައްޗަށެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

ވ. އާރަށް ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ