logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފުލުހެއްގެ އަތުގައި ދަތް އެޅި އަންހެނެއްގެ ބަންދަށް 5 ދުވަސް

އިދިކޮޅު ޕީޕީއެމްއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މުޒާހިރާއެއްގެ ތެރެއިން ފުލުހެއްގެ އަތުގައި ދަތްއެޅި އަންހެނަކު، ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޕީޕީއެމްގެ މުޒާހަރާއިން ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހިމް، 20، އެވެ.

ނުހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދަން މަސައްކަތް ކުރުމުން، ފުލުސް މީހާގެ އަތުގައި އޭނާ ދަތް އަޅާފައިވާކަން، ދެ ފުލުހެއްގެ ހެކިބަހުން ސާބިތުވާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

އަދި އޭނާއަކީ މީގެ ކުރިން ހައްޔަރު ކޮށްފައިވާ ފަރާތަކަށް ވުމުން، އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅު ޕާޓީ ޕީޕީއެމްއިން ސިލްސިލާކޮށް ކޮންމެ ރެޔަކު އާޓިފިޝަލް ސަރަހައްދުގައި ބާއްވާ މުޒާހަރާތަކަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން 1ޖަލުން މިނިވަން ކުރުމަށް ގޮވާލާ ކުޜާ މުޒާހަރާ ތަކެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ