logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޕީޕީއެމްގެ ވެރިކަމެއްގައި އަދީބު ޖަލަށްލާނެ ކަމަށްބުނެ ކޯޓުގައި ރައީސް ޔާމީން އަދީބަށް އިންޒާރު ދީފި

ޕީޕީއެމްގެ ވެރިކަމެއްގައި އަދީބު ޖަލަށްލާނެ ކަމަށްބުނެ ކޯޓުގައި ރައީސް ޔާމީން އަދީބަށް އިންޒާރު ދެއްވައިފިއެވެ.

ކުރިމިނަލް ކޯޓުގައި އޮތް ރ. ފުއްގިރީގެ މައްސަލައިގައި މިއަދު ކުރިއަށްދިޔައީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް އުފުލާ ދައުވާގެ ހެކިބަސް ނެގުމެވެ.

އަދީބު ވަނީ ދައުލަތުން ކުރި ސުވާލުތަކަށް ވަރަށް "ޔަޤީންކަމާއެކު" ޖަވާބުވެއްވާފައެވެ. ދައުލަތުގެ ސުވާލުތަކަށްފަހު އަދީބާ ދެން ސުވާލުކުރީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނެވެ.

ފިނިފެންމާ ލޯންޗާ ބެހޭގޮތުން ޔާމީންގެ ވަކީލު އާދަމް ޝަމީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޭރު އޭނާ "ފްރޭމް" ކުރީ އެވެ.

ފްރޭމް ކުރުމުގެ ފަހަތުގައި ތިބީ ކޮން ބަޔަކުތޯ ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ "ބޮޑަށް ބެލެވެނީ ސަރުކާރުގެ ވަރަށް މަތީ ބޭފުޅުންތަކެއް ކުރެއްވި ކަމެއް ކަމަކަށް،" ކަމަށެވެ. ޔާމީން ކުރައްވާނެތޯ ސުވާލު ކުރެއްވުމުން ވިދާޅުވީ "އަޅުގަނޑު ގަބޫލެއް ނުކުރަން" ކަމަށެވެ.

އަދި, ޔާމީނާ އޭނާއާ މެދު ގުޅުން ހީނަރުވެދާނެ ސަބަބެއް އޭނާއަށް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ. އަދީބު ވިދާޅުވީ، މި މައްސަލައިގެ ހުކުމް ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެއިން އަދީބަށް ލިބޭނެ ފައިދާއެއް އަދި ގެއްލުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލު ޝަމީމްގެ ސުވާލުތަކަށްފަހު އަދީބާ ދެން ސުވާލު ކުރެއްވީ ސީދާ ރައީސް ޔާމީނެވެ.

ދައުލަތުން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ހެކިބަސް ދީފިނަމަ ގޭބަންދު ނިމުމަކަށް އަންނާނެތޯ ޔާމީން އަދީބާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އަދީބު ވިދާޅުވީ ގޭބަންދުގައި ހުންނެވީ ސިއްހީ ސަބަބުތަކާ ގުޅިގެން ކަމަށެވެ. އަދި, އެއީ ދައުލަތުގެ އިއުތިރާފް އެއްބަސްވުމުގެ ސަބަބުން ލިބިފައިވާ ލުޔެއް ނޫން ކަމަށް އަދީބު ވިދާޅުވި އެވެ.

ފިނިފެންމާ ލޯންޗު ގޮވި މައްސަލާގައި ދައުވާނުކޮށް އޮތީ އެ އެއްބަސްވުމުގެ ދަށުންތޯ ޔާމީން ސުވާލުކުރެއްވުމުން އަދީބު ވިދާޅުވީ އެއްބަސްވުމުގައި އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އަދި ވަރަށް ކޯފާއިސްވެ ހުންނަވާ ރައީސް ޔާމީން ވަނީ ކުރިއަށް ރިޔާސީ އިންތިހާބު އޮތް އިރު އެ އިންތިހާބު ޕީޕީއެމުން ކާމިޔާބުކޮށް އަދީބަށް މިހާރު ލިބިފައިވާ ލުއިތައް ގެއްލިދާނެ ކަމުގެ ބިރުވެރިކަން އޮތްތޯ އަދީބާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި އަދީބު ވިދާޅުވީ އެކަހަލަ އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ.

ޔަމީން އިތުރަށް ކޯފާއިސްކުރެއްވުމަށްފަހު ސުވާލުކުރަން ފެއްޓެވުމުން ދައުލަތުން ވަނީ އިއުތިރާޒު ކުރައްވާފައެވެ. ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަކީ ގާނޫނު އަސާސީން މިނިވަންކޮށް އޮންނަ ތަނެއް ކަމަށާއި ޕްރޮސެކިއުޓަ ޖެނެރަލްގެ މައްޗަށް ސަރުކާރަކަށް ބަސް ނުބުނެވޭނެ ކަމަށެވެ.

ފުއްގިރި މައްސަލާގައި އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމަށް ދުބާއީ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅުއްވާ އިންޑިއާ ބަޔަކާ ބައްދަލުކުރީ ޔާމީންގެ އެންގެވުމަކަށް ކަމަށެވެ.

ޔާމީން އަންގަވައިގެން އެއްބަސްވުމުގައި ސޮއިކުރުން ދެ ފަހަރެއްގެ މަތިން ފަސްކުރި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި, ސޮއިކުރުމަށް އެންމެ ފަހުން ނިންމުނު ދުވަހުގެ ހެނދުނު ސޮއިކުރުމަށް އޮތް ނަމަވެސް ސޮއިކުރެވުނީ އެ ދުވަހުގެ މެންދުރުފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެނދުނު ދިހައެއް ޖެހީއްސުރެން އަޅުގަނޑުމެން ތިބިން، އެކަމަކު ރައީސް ޔާމީން އެންގެވީ، ކޮމިޝަން ޕޭމަންޓްގެ ކޮންފަމޭޝަނެއް ކްރިކް ދެއްވާނެއޭ، ދެއްވީމައޭ ސޮއިކުރައްވާނީ، ކްރިކް އެ ކޮންފަމޭޝަން ދީފިއޭ، އެ ކަން ރައީސް ޔާމީން އެންގެވުމުން އެ ދުވަހު މެންދުރުފަހު ސޮއިކުރެއްވުނީ،" އަދީބު ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. Mi noohakee dheythere jassa fithuna nooheh, ehves ilmee nooheh noon Adheeb AA kiboo faisa ge alifaan dheegen thelhey balhun liyA ehcheh Insha Allah ppm pnc verikamehga ekan egigendhane

  2. މިހަބަރު ގެނެސްދީފަިވަނީ ރަނގަޅަށް މައުލޫމާތު ނުހޯދާކަން އިގޭ ސަރުކާރު ދިފާއުކުރިއަސް މީ ބޮދުވަރު މިހަބަރު ލިއުނު މީިީހަކަށް ވަރަށްސަލާމް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ