logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އެރަށު ސިޓީ ކައުންސިލަށް ދެ އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ރަސްމިއްޔާތް ޝަރަފުވެރިކޮށްދިނުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ރަސްމިއްޔާތު އޮންނާނީ މިރޭ، ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އަހަރީ ދުވަހުގެ މި ރަސްމިއްޔާތުގައި ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުން އޮންނާނެ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.

އެރަށުގެ ސިޓީ ކައުންސިލަށް އެއް އަހަރު ވެގެންވެސް މިދިޔަ އަހަރު ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

ނަޝީދު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ. އަދި ދާދި ފަހުން ހއ އަތޮޅު ކައުންސިލުން ބޭއްވި އެވޯޑް ނައިޓެއް ޝަރަފްވެރިކޮށްދެއްވުމަށް ދިއްދޫއަށް ވެސް ވަޑައިގެންނެވިއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ