logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ބިސްބުރު ޕާކު އަލުން މަރާމާތު ކުރަން ފަށައިފި

މާފަންނު މުއިވެޔޮދޮށު މައިޒާން (ބިސްބުރު ޕާކު) އަލުން މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސްޓެލްކޯއިން ތަރައްގީކޮށް، ޖުމްހޫރީ ބިނާއާއި ކުޑަކުދިން ކުޅޭ ސާމާނާއެކު އެތަން ހުޅުވާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ ޕާކު އޭރު ހުޅުއްވައިދެއްވީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ސްޓޭލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝަކޫރުއެވެ.

އެއީ 45 ދުވަހުގެ ތެރޭގައި ތަރައްގީ ކޮށްފައިވާ ޕާކެކެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އަލުން އެތަން ތަރައްގީކުރާއިރު، ލައިޓްތައް ހިމެނޭގޮތަށް ކުޑަކުދިން ކުޅޭ އާ ސާމާނު ހިމަނާނެ އެވެ. ނަމަވެސް މަރާމާތަށް ފަހު އަލުން ޕާކު ހުޅުވޭނެ ތާރީހެއް އަދި އެ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ