logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އަލީ ވަހިދަށް ކުރި ޖިންސީ ކުށުގެ ދައުވާތައް އަނބުރާ ގެންގޮސްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ، މުވައްޒަފުނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ނެތުމުން ކަމަށް ނިންމައި އެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

މިއަދު ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުވާތައް އަނބުރާ ގެންދަން ނިންމީ، އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް އަންނަނީ ސިޓީ ފޮނުވަމުންނެވެ. އެހެންވެ މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ ވަނީ އަލީ ވަހީދުގެ މައްޗަށް ހުފުލާފަ އެެވެ.

ނަމަވެސް ދައުވާ ކުރިއަށް ދަނިކޮށް އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ދިޔަ ގޮތަށް އަނބުރާ ރާއްޖެއަށް ނާންނާތީވެ، އެ މައްސަލަތައް ކޯޓުގައި ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފަ އެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6. 2022 ގައި އަލުން ފުލުހަށް ހުށަހެޅި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

މައްސަލަ ކުރިމަތިވި މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދެވޭނެ އެހެން ހެއްކެއް ނެތުމުން މައްސަލަ ކުރިއަަށް ގެނެދެވެން ނެތީމަ، އަނބުރާ ގެންދިޔައީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލަތައް އަނބުރާ ގެންދިޔަ ނަމަވެސް ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އަދިވެސް އޭނާގެ މައްޗަށް އެބަ އޮތެވެ.

އަލީ ވަހީދު މިހާރު ދިރިއުޅެމުން ދަނީ އިނގިރޭސި ވިލާތުގައި ކަަމަށް މައުލޫމާތު ލިބެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *