މާލޭގެ އެއްގަމު ތޮށްޓާއި ފެންހިންދާ ނިޒާމު ތަރައްގީ ކުރުމުގެ ސާވޭއެއްގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައި ވަނީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރީ އެކަމަށްޓަކައި ހައުސިން މިނިސްޓްރީގައި ބޭއްވިރަސްމިއްޔާތެއްގަ އެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ޝާނާ ފާރޫގު އެވެ. ޖައިކާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްރިޕަރޭޓަރީ ސާވޭ ޓީމުގެ ލީޑަރު ޓުސުކިޒޮއި މެގުމި އެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި މި މަސައްކަތް ކުރަނީ އެ ކުންފުނީގެ ހިލޭ އެހީގެ ދަށުން ހިންގާ "ޑިސާސްޓާ ރެސިލިއަންސް އެންހާންސްމަންޓް އިން މާލެ"ގެ ދަށުންނެވެ.
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އެހީގައި ހިންގާ މަޝްރޫޢު "ޑިސާސްޓަރ ރެސިލިއަންސް އެންހާންސްމަންޓް އިން މާލެ" ގެ ޕްރިޕަރޭޓަރީ ސާރވޭތަކުގެ ފަހުމްނާމާގައި މިއަދު ސޮއިކޮށްފިއެވެ. pic.twitter.com/Uk36NdQtLl
— Min.of National Planning, Housing & Infrastructure (@MoNPHImv) June 15, 2023
ހައުސިން މިނިސްޓްރީން ބުނީ މި ސާވޭ ކުރިއަށް ގެންދިއުމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.
މި މަސައްކަތަކީ ވިއްސާރަވުމުގެ ސަބަބުން މާލޭގެ ބައެއްސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މިހާރުއެޅިފައިވާ ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދެވޭ މަޝްރޫޢުއެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިގޮތުން ހައުސިން މިނިސްޓްރީން ބުނީ، މިމަސައްކަތް ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ މިސަރަހައްދުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް ހޮޅިތަކެއް އަޅައިގެން ކަމަށާއި، އެ ގޮތުން މިމަސައްކަތުގެ ދަށުން އަޅާ ހޮޅިއަކީ މިހާރު މާލޭ މަގުހެދުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރެވޭ ހޮޅިއަށްވުރެފަލަ ހޮޅިތަކެކެއް ކަމަށެވެ. އެހެން ކަމުން 3-4 މަސްދުވަހުގެ މުއްދަތަކަށް މަގު ކޮނެގެން މަސައްކަތްކުރިއަށް ދާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
މި ސާރވޭ އަކީ މި މަސައްކަތުގެ ސަބަބުންތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލްރިސޯސް ގްރޫޕް (ލަމަޔަރ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެކެވެ.