logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރައީސް ޔާމީން ރުޅިއައިސްގެން ހަމައިންނެއްޓިއިރު އަދީބުގެ ފަރާތުން ފެނުނީ މަޑުމައިތިރިކަން!

ރައީސް ޔާމީން ގެ ޝަރީއަތެއް 7 ޖޫން ވަނަ ދުވަހު 13 ގަޑިއިރަށް ކްރިމިނަލްކޯޓްގައި ކުރިއަށް ދިޔައިރު އޭގެ ތެރެއިން 7 ގަޑިއިރު ސުވާލުކުރެވުނީ ދައުލަތުގެ ހެކިވެރިއެއްގޮތުގައި ހާޒިރު ކުރެވިފައި އިން ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއިއެވެ.

ކެނޑިނޭޅި ތުހުމަތު ކުރެވޭ ތިން ފަރާތުންގެ ވަކީލުންނާއި އަދި ދައުލަތުން އަމާޒު ކުރި ސުވާލުތަކާއި ހުދު ރައީސް ޔާމީން އިސްވެ ކުރި ހުރިހާ ސުވާލުތަކަށް އަދީބު ޖަވާބު ދެއްވީ ވަރައްހަމަޖެހިގެން ވިސްނުންތެރިކަމާއި އިހުތިރާމާއި އެކުގައެވެ.

ރައީސް ޔާމީނުގެ ވަކީލުންނާއި އަދި ރައީސް ޔާމީން ވެސް މަސައްކަތް ކުރެއްވީ އަދީބު ރުޅިއަރުވާލާ އަދީބަކީ ރައީސް ޔާމީނަށް އަދާވާތްތެރި ހެއްކެއްގޮތުގައި ސާބިތު ކޮށް ދިނުމަށެވެ. ނަމަވެސް އަދީބު ބުނަމުން ދިޔައީ އޭނާ ހެކިބަސް މިދެނީ ކަންހިގައިދިޔަ ގޮތް އެނގިހުރި މިންވަރަކަށެވެ. އަދި މި ކޭސް ނިމިގެންދާގޮތުން އަދީބަށް ފައިދާއެއް އަދި ގެއްލުމެއްވެސް ނެތްކަމަށެވެ.

ތާރީޙަށް ބަލާލާ އިރު ރައީސް ޔާމީން އަދީބު ޖަލައްލާ އެތައް އަހަރެއް ވަންދެން އެކަހެރިކޮށް އެކަނި ޖަލުގައި ތަޅުލާފައިބޭއްވިއެވެ. އޭގެ ސަބަބުން އެތައް ސިއްހީ މައްސަލަތަކެއް ވަނީ ދިމާވެފައެވެ. ނަމަވެސް އަދީބު މީގެ ކުރީގެ ޝަރީއަތްތަކުގައިވެސް ބުނަމުން ދަނީ އޭނާގެ ހިތުގައި މިހާރު އެއްވެސް ކަމެއް އެއްވެސް ފަރާތަކާއި މެދު ނެތްކަމަށެވެ. އަދީބު ވަނީ ތައުބާވެ ރައްޔިތުންކައިރީ މާފަށް އެދިފައެވެ. އަދި ދައުލަތާއި އެއްބަސްވުން ހަދައިގެން ކުށްގަބޫލުކޮށް އޭގެ ޒިންމާނަގައި އެމައްސަލަކުގައި ދައުލަތަށް ދަނީ ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ.

މާފްކުރުމާއި ހިތްތިރި ކަމަކީ ވަރަށް މަދުންނޫނީ ސިޔާސީ ފަރާތްތަކުން ފެންނަކަމެއްނޫނެވެ. އަދީބުގެ ގާތްމީހަކު ބުނިގޮތުގައި އަދީބު ޖަލުގައި ހުންނެވިއިރު ވަނީ ފަލްސަފާ އަދި ތާރީހީ އެތައްފޮތެއް ތިން އަހަރުތެރޭގައި ކިޔައިފައެވެ. މިހާރު ފެންނަ އަދީބަކީ ކުރީގެ އަދީބެއް ނޫނެވެ.

ރައީސް ޔާމީން އިންޒާރުދީ ޕީޕީއެމް ވެރިކަމަށް އަތުވެއްޖެޔާ ގޭގައި ހުރެވޭނެތޯ ސުވާލު ކުރުމުންވެސް އަދީބު ވިދާޅުވީ ޑޮކްޓަރުގެ ނިންމުންތަކަށް ޕީޕީއެމުންވެސް އިހުތިރާމް ކުރާނެކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އިންޒާރު ނިންމާލީ "އަދީބު އަށް ކިތަންމެ ޑޮކްޓަރަކު ލަފާދިނަސް 2015 އިން 2018 އަށް އެއްވެސް ލުޔެއް ޖަލުން ލިބުންތޯ އަދި އެކަމާއި ވިސްނުމަށް އިންޒާރުދީފައެވެ. އަދިބު އިނީ ރައީސް ޔާމީން މިހެން ބުނުމުން ވަރަށް ހެވިފައެވެ. އެހެނީ ކުޑަކުދިން ރުޅިއައީމާ އިންޒާރުދޭގޮތަށް ރައީސް ޔާމީން މީހެއްގެ ބޭސްފަރުވާ ހިފެހެއްޓި ވާހަކަ ފަހުރުވެރި ވެލާފައި ދެއްކުމުންނެވެ.

ސިޔާސީ ކަންތަކަކީ ޒާތީ ކަމެއް ނޫނެވެ. ސިޔާސީ ކަންތަކުގައި އުޅެންވާނީ ޖަލައްވެސް ލާފާނެ ކަމަށާއި އެކަންތައްތަކަށް ކެތްކުރެވެންޔާއެވެ. އަދީބު އަށް ރައީސް ޔާމީން ދައުރުގައި މަތިމައްޗަށް 33 އަހަރު ދުވަހުގެ ހުކުމް ކުރިއެވެ. ހުރިހާ ޝަރީއަތެއް ދެކުނީމެވެ. ނަމަވެސް އަނގައިންވެސް ނުބުނެ އޭނާ އިންނެވީ ވަކީލަށް ވާހަކަ ދައްކަން ފުރުސަތުދީފައެވެ. މީހާ ރުޅިގަދަވެ ތެދުވެ ޖަޒުބާތީ ވާހަކަ ތަކެއް ނުދައްކައެވެ. އެއްދުވަހު އަދީބު ބުނީ ހުކުމް މިހާރު އޮންނާނީ ލިޔެފައެއްނޫހޭ ދެން ހުކުމް އިއްވާލާށޭ އެވެ. އަދީބާއި ރައީސް ޔާމީނުގެ މެޗުއަރިޓީގެ ތަފާތު މިޝަރީއަތްތަކުން ދަނީ ފެންނަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިކިއާ މަޑުމައިތިރިކަމަކީ ރޔާމީން މަރާލަން ލޯންޗު ގޮއްވާލުންތޯ؟ އަދި މިހާރުވެސް މި އަނިވެރި ރައީސް އިބުރާހިމާ ވަގުޑީލު ހަދައިގެން ރޔާމީނަށް އަނިޔާވެރިވަމުން ހެއްދެވިހާ ދޮގެއް ހަދައިގެން އެ އޮންނަނީ ހަމަ މަޑުމައިތިރިކަމުން ތޯ؟ އެކަހަލަ މީހުންނަށޭ ކިއަނީ ނުމޮށޭ ގުރާ، އެކަލަ އެއްޗިހިން ވަރަށް ބާރަށް ދާނާނެ،
    މި ކޮމެންޓު ޖަހާލަ ބައްލަވާ!!

  2. އަދީބު ޔާމީނނަށް ދިންވަރުގެ ގެއްލުމަކާ ހިތާމަ ހިތްދަތިކަށް އެއީ.ބަޔާންކުރަށްވެސްދަތިކަމެއް ކީވެއެވާހަކަޔަށްއަލިއަޅުވާނުލަނީ ރިސްވަތައްގޮސްހެއްލުނަސް ތިދެންތައްކޮޅެއްބޮޑުވަރެން. މިވެރިކަންއައީންސުރެން.އަދީބު މެދެވެރިކޮންގެން ޔާމީންއެގެންގުޅެނީމުޅިންވެސް އެހާލުގާ ކީވެއެވާހަކަނުދެއްކެނީ ރިސްވަތަށާ މަގާމަށް ގޮސްހުސްވެފަ

  3. ދުވަހަކު ކޮޅުންވެސް ޔާމީނަށް ވެރިކަމަށް އާދެވިއްޖެނަމަ، އަދީބު އެކަންޏެއް ނޫނެވެ.، އަމިއްލަ ބޭބެ، ގާސިމު،، ނާޒިމު. ސޯލިހު މިހެންގޮސް މިސަރުކާރުގެވެސް އިސް އެތައްބަޔަކަށް އަނިޔާފަށެއް ކުރާނެއެވެ. އަދި ޖޫޑިސަލުގައި މިހާރު މިތިބަ ހުރިހާ އެންމެން ވެސް ޖެހޭނީ ޖަލަށް ދާށެވެ. އަނިޔާވެރިކަން ކުރިއަށް ވުރެން އެތަކެއް ގުނައަށް އިތުރުވެގެން ދާނެއެވެ. ދިވެހިން އެވަރުގެ މޮޔައެއް ދެން ދުވަހަކުވެސް ނުހަދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *