logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ނައިބް ރައީސް، ހައްޖަށް ފުރާވަޑައިގެންފި

1444 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސައޫދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރޭ ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ނައިބު ރައީސް ކަނޑައަޅުއްވާފައެވެ.

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައޫދީ އަރަބިއްޔާ އިން ދިނީ 1،000 ކޯޓާ އެވެ. ކޯޓާ އިތުރު ކުރަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

މިފަހަރު ހައްޖާޖީން ގޮވައިގެން ޖުމްލަ ހަ ފްލައިޓެއް ފުރާފައިވާއިރު، ހައްޖާޖީންގެ އެންމެ ފަހު ގްރޫޕް ފުރާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ