logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ރާއްޖޭގެ ސިފައިންގެ ސައިކޮލޮޖިކަލް ޕްރޮފައިލް އިންޑިއާ އިން ހަދާ ވާހަކަ އެމްއެންޑީއެފް އިން ދޮގުކޮށްފި

ދިވެހި ފުލުހުންނާއި ސިފައިން ހިމެނޭހެން ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ވަޒީފާއަށް އަލަށްނަގާ މީހުންގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ހަދާ “ސައިކޮލޮޖިކަލް ޕްރޮފައިލިން” ހެދުމަށް އިންޑިއާގެ ޔުނިވާސިޓީއަކާއި ހަވާލުކުރަން އުޅޭކަމަށް ފަތުރަމުންދާ ވާހަކަ އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ.

އިންޑިއާގެ ނޫހެއްގައި ދާދިފަހުން ޝާއިއުކޮށް ބުނެފައިވަނީ، ދިވެހި ސަރުކާރުންވަނީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އިސް 187 އޮފިޝަލަކުގެ ސައިކޮލޮޖިކަލް ޕްރޮފައިލްއެއް ހެދުމަށް އިންޑިއާގެ ޖުރާތުގެ ގާންދީނަގަރުގައި ހުންނަ ނޭޝަނަލް ފޮރެންސިކް ސައިންސަސް ޔުނިވާސިޓީ (އެންއެފްއެސްޔޫ) ނަމަކަށް ކިޔާ ކޮލެޖާއި ހަވާލުކޮށްފައި ކަމަށެވެ. އަދި އެއީ ދިވެހި ސަރުކާރާއި އެ ޔުނިވާސިޓީއާ ދެމެދު ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުގައި ވެސް ވަނީ މިވާހަކަ ތަށް ގެނެސްފައެވެ، ނަމަވެސް މިކަން ދޮގުކޮށް އެމްއެންޑީއެފް އިން ބުނީ، އިންޑިއާއިން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ރެކްރޫޓުންގެ ސައިކޮލޮޖިކަލް ޕްރޮފައިލް ހަދަން އުޅޭ ކަމުގެ އެއްވެސް މަޝްވަރާއެއް އެމްއެންޑީއެފް އިން ކުރަމުން ނުދާކަމަށެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުންވެސް މި ވާހަކަ ޝާއިއުކޮށްފައިވަނީ އިންޑިއާގެ ބައެއް ނޫސްތަކާ ހަވާލާދީއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ