logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޖޭއެސްސީން ނިންމީ ގާޒީ ރަފީއުއްދީން އަށް ނަސޭހަތްތެރިވުމަށް

ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ހުކުމް ކުރެވިފައި ނުވާތީ، ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދުއަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި ގަޒިއްޔާއެއްގެ ޝަރީއަތް ފެށިގެން ގޮސް، ދެފަރާތުން ހުލާސާ ބަޔާންް ހުށަހެޅުމުން ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ހުކުމްްކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ ކަމަށެވެ.

އަދި ހުކުމް ކޮށްފައިވަނީ ގަޒިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންނެވެ. ޖޭއެސްސީ އިން ބުނީ ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކުންނާއި މެޖިސްޓްރޭޓް ރަފީއުއްދީންގެ ބަހުން ސާބިތުވެފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލާގައި ޖޭއެސްސީއިން ނިންމާފައި ވަނީ މެޖިސްޓްރޭޓު ރަފީއުއްދީނަށް ނަސޭހަތްް ދިނުމަށެވެ.

ގާޒީ ރަފީއުއްދީންގެ އިތުރު މައްސަލައެއްގެ ގޮތުން، އަވަސް ނިޔާގެ ހުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ ބ. އާ ހިލާފަށް މައްސަލައިގެ ހުކުމް ކޮށްފައިނުވާ މައްސަލައެއް ވެސް ޖޭއެސްސީ އިން އަންނަނީ ބަލަމުންނެވެ.

މީގެ ކުރިން ވަނީ މެޖިސްޓްރޭޓު ރަފީއުއްދީންް ހައިކޯޓުގެ އަމުރެއް ސަސްޕެންޑުކުރުމަށް ފަހު، ގިނަ އަދަދަކަށް ރާއްޖެއަށް ޑްރަގު އެތެރެކުރުމުގައި ބައިވެރި މީހަކު ބަންދުން ދޫކޮށްލި މައްސަލައެއް ފެންމަތިވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ