logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ސައުދީގެ ފްލައިނަސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި

ސައުދީ އަރަބިއްޔާގެ "ފްލައިނާސް" އެއަރލައިން ގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.

އެ އެއާލައިންގެ ދަތުރުތައް މިއަދު ފެށުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް އޮތެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލޮމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން ފްލައިނަސްގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުތަކަކީ ހޫނު މޫސުމާއި ދިމާކޮށް ފެށި ދަތުރުތަކެކެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރާ ހަމައަށް ފްލައިނަސް އިން ރާއްޖެ އަށް ފެށި ދަތުރުތަކުގައި ހަފުތާއަކު ތިން ފްލައިޓް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގައެވެ.

ފްލައިނާސް އެއަރލައިންގެ ދަތުރުތައް ކުރާނީ ރިޔާޟްގެ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތައް ފެށުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިދަތުރުތައް ރާއްޖެއަށް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށާއި މި ދަތުރުތަކުގެ ސަބަބުން ދިވެހިންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިދަތުރުތަކާއެކު ދިވެހިންނަށް އަގުހެޔޮކޮށް ސައުދީއަށް ދަތުރުކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފްލައިނާސް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ކުރިން ސައުދީ އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަނީ އެގައުމުގެ ގައުމީ އެއަރލައިން "ސައުދިއާ" އިން އެކަންޏެވެ. މިއެއަރލައިން ކޮވިޑް ދުވަސްވަރު މެނދުކަނޑާލުމަށްފަހު އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ސައުދީން ރާއްޖެ 8،367 ޓޫރިސްޓުން އައިސްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *