ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާ ނުކުރެވި މަޖިލިސް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު އީވާއަށް ވަނީ ގެއްލިފައެވެ. އައި މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެސް ހުށަހެޅުމުން އެމަނިކުފާނު ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވެވަޑައިގެންފައެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މި ހަފްތާގައި ނިމޭ އިރު ދައުރު ނުނިމެނީސް މަޖިލިސް ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނެތި މަޖިލިސް މިވަނީ ހުއްޓިފައެވެ.
މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަށްމަޖިލިސް ގަވައިދުގެ ދަށުން ރައީސް ނަޝީދު ހަމަޖެއްސެވި އެވެ. ނަމަވެސް ގަވައިދުގައި ބުނެފައިވާ ގޮތުން ރިޔާސަތާއި ހަވާލުވާ މެންބަރަކަށް ރިޔާސަތުގައި އިންނެވޭނީ ޖެހިޖެހިގެން ތިން ޖަލްސާ ގައެވެ. އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާތާ އިއްޔެއަށް ވަނީ ޖެހިޖެހިގެން ތިން ދުވަސް ވެފައެވެ. އިތުރު މެމަބަރަކާ މަޖިލީހުގެ ރައީސް ރިޔާސަތު ހަވާލުކުރައްވާފަ އެއް ނުވެއެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމޭނީ މި ހަފުތާގަ އެވެ. ދެވަނަ ދައުރު ނުނިމެނީސް މަޖިލިސް ހުއްޓިފައިވާއިރު މި ދައުރުގައި އިތުރު ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުމަކަށް އައިސްފައިވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށެވެ.
ރައީސް ނަޝީދު ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަށްފަހު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމުން މަޖިލިސް ނުހުއްޓި ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަށްފަހު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމުން މަޖިލިސް ނުހުއްޓި ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ.