logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރޭޕް ކުރި ކަމަށް ބުނާ ފަތުރުވެރިޔާ އިންސާފު ހޯދަން އެދި، ދެ ރައީސުންނަށް ސިޓީއެއް ފޮނުވައިފި

ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ރޭޕްކުރިކަމަށް ބުނާ، ޗައިނާގެ ފަތުރުވެރިޔާ އިންސާފު ހޯދަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސީޓީ އެއް ފޮނުވައިފިއެވެ.

މިހާދިސާގައި ރޭޕް ކޮށްފައިވާ ކަމަށް ބުނަނީ، އޮސްޓްރޭލިއާ ގެ ސިޑްނީގައި ކިޔަވަމުން ދާ ޒޫ ޔިޓޮންގް (ޔޮލީ) ނަމަކަށް ކިޔާ ޗައިނާ އަށް އުފަން އަންހެނެކެވެ.

މި މައްސަލާއިގެ އިންސާފު ހޯދުމަށް އެދި ދެ ރައީސުންނަށް ފޮނުވި ސިޓީ ޔޮލީ ވަނީ އޭނާ ގެ ޓްވިޓާގައި އާންމު ކޮށްފައެވެ.

އެ ސިޓީގައި އޭނާ ބުނެފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށް އެ މައްސަލައިގައި ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ.

އަދި ރޭޕްގެ މައްސަލަ ފައިލް ކޮށްފައިވާ ކޭސް ނަންބަރު ހިމަނައި،  އިންސާފު ހޯދައިދިނުމަށް ދެ ރައީސުން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ޔޮލީ ވަނީ ބުނެފައެވެ.

މީގެ ދެދުވަސް ކުރިން ޔޮލީ މި ހާދިސާ ހިނގާ ދިޔަ ގޮތުގެ ވާހަކަ ވަރަށް ތަފްސީލުކޮށް އޭނާގެ ޓްވިޓާގައި ކިޔަދީފައިވާ އިރު އޭނާ ވަނީ، އޭނާގެ ގައިގައި އަނިޔާވެފައިވާ ޒަހަމްތަކުގެ ފޮޓޯކަމަށް ބުނެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި އޭނާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރާ ރިޓްޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑްގެ ބަޓްލާރެއް ކަމަށް ވާ އުޝާމްގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ. މީގެ އިތުރުން ޔޮލީ ވަނީ މާލެ އަތޮޅު ހޮސްޕިޓަލުން ހަދާފައިވާ މެޑިކަލް އެގްޒާމިނޭޝަންގެ ސްލިޕުވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ