logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސްޕެޝަލް އޮލިމްޕިކްސް އިން ރާއްޖެ އަށް ދެ ރަންމެޑަލް

ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ އައިޝަތު މާނިއާ އާދަމް އަދި އައިޝަތު ލައިކާ ހުސައިން ރަން މެޑަލް ހޯދައިފި އެވެ.

ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސް އިން މާނިއާ ރަން މެޑަލް ހޯދީ ޑިވިޝަން އެކެއްގެ ބެޑްމިންޓަން އިވެންޓުގައި ބަލްގޭރިއާގެ ކުޅުންތެރިއެއްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް މާނިއާ ގެންދިޔައީ 19-21 އަދި 10-21 އިންނެވެ.

މިއީ ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖެ އިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ލައިކާ ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމުންނެވެ. މިއީ މިފަހަރުގެ ގޭމްސްގައި އެތްލެޓިކްސް އިން ރާއްޖެ އިން ހޯދި ދެވަނަ މެޑަލް އެވެ. މި ގޭމްސްގައި މީގެކުރިން ރާއްޖޭގެ ޒާނާ އަލީ ޝަރީފް ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

މިއަދު ރާއްޖެއިން ހޯދި މި ދެ ރަން މެޑަލް އަކީ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށިފަހުން ރާއްޖޭން ހޯދި ތިންވަނަ ރަން މެޑަލް އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ