logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މެދުއިރުމަތީގެ މަޝްހޫރު ގައުމެއް ކަމަށްވާ އޮމާންގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށައިފިއެވެ.

އެ އެއާލައިންގެ ދަތުރުތައް އިއްޔެ ފަށާފައިވަނީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

މި ދަތުރުތައް ހަފުތާއަކު ހަތަރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޮމާން އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގަކީ 385 ޑޮލަރެވެ.

50 ބޯޓާއެކު އޮމާން އޭވިއޭޝަން ގްރޫޕުން އޮޕަރޭޓްކުރާ މި އެއާލައިންގެ ހިދުމަތް ފަށާފައިވަނީ މީގެ 30 އަހަރު (1993) ކުރީގައެވެ. މިހާރު މި އެއާލައިން ދުނިޔޭގެ 53 މަޒިލަކަށް އުދުހެއެވެ.

އޮމާން އެއާ އިން އިއްޔެ ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، މީގެ ކުރިން 2019 އާއި 2016 އަދި 2018 ގައި އެ އެއާލައިން ވަނީ ރާއްޖެއަށް ދަތުރުތަކެއް ބާއްވާފައެވެ.

އޮމާން އެއާގެ އިތުރުން، ރާއްޖޭ އަށް މިހާރު ވެސް އަންނަނީ ބޭރުގެ 35 އެއާލައިނަކުން ދަތުރުތަައް ބާއްވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *