logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

"ގެދޮރުވެރިޔާ" ލިސްޓު މިއަދު އިއުލާން ކުރާނެ

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމުގެ ދަށުން ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އިއުލާން ކުރާނެ ކަމަށް ފްލެޓް ކޮމިޓީ އިން ބުނެފި އެވެ.

އެ ކޮމިޓީގެ ޗެއާމަން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "މިނިވަން" އަށް ވިދާޅުވީ ގެދޮރުވެރި ކަމާ ބެހޭ ލިސްޓު މިއަދު އިއުލާން ކުރާނެ ވަކި ގަޑިއެއް ފަހުން އަންގާނެ ކަމަށެވެ.

"ގެދޮރުވެރި ކަމާ ބެހޭ ލިސްޓު މިއަދު އިއުލާން ކުރާނެ. އަޅުގަނޑު ނުބުނަން ފްލެޓް އެކޭ، ބިމެކޭ، އިއުލާން ކުރީމަ އެނގިލައްވާނެ ތަފްސީލު." އަކުރަމް ކަމާލުއްދީން ވިދާޅުވިއެވެ.

ކުރިން އެ ކޮމިޓީއިން ބުނެފައި ވަނީ އީދުގެ ކުރިން ލިސްޓު އާންމުކުރާނެ ކަމަށެވެ.

ސަރުކާރުން ދޫކުރަން ނިންމާފައިވާ 5000 ގޯއްޗާއި 4000 ފުލެޓަށް އެދި 35،800 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލާފައިވާ އިރު، ފްލެޓަށް ކުރިމަތިލީ 20،697 މީހުންނެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ކުރިމަތިލާފައިވާއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6208 މީހުންނެވެ.

"ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓް ކަމަށްވާއިރު، މި މަސައްކަތް ކުރުމަށް ވަނީ އިންޑިއާގެ ކުންފުނިތަކެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީއާ އަށް ހަވާލުކޮށްފައެވެ. ކޮންމެ ކުންފުންޏަކުން ވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ