ގައުމީ ދާރުލްއާސާރުގައި ނަގާފައި ހުންނަ ގައުމީ ދިދަ ތިރިކުރަން ގޮނޑިއަކަށް އަރައިގެން އުޅުނު ސެކިއުރިޓީ މުވައްޒަފަކު ވެއްޓި ޒަހަމް ވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ، އިއްޔެ 18:00 ހާ އިރު ނެޝަނަލް މިއުޒިއަމްގެ ސެކިއުރިޓީ ގާޑެއްގެ ގޮތުން މަސައްކަތްކުރާ، ބިދޭސީ ފިރިހެނަކު، ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ވެއްޓި ޒަަހަމް ވެފައިވާ ކަމަށެވެ.
އެނގިފައިފާ ގޮތުގައި އެ ސެކިއުރިޓީ ގާޑު، ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ގޮނޑިއަކުން ކައްސާލައިގެން ވެއްޓި، އޭނާގެ ކަރަށް ވަނީ ތޫނު އެއްޗެއް ހެރިފަ އެވެ.
އެނގިފައިވާ ގޮތުގައި ސާޖަރީއެއް ހެދުމަށް ފަހު އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗެގެ އައިސީޔޫގަ އެވެ.
މިހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.