logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

މަހިބަދޫއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ދޯނި ނުފެނޭ، ފެނުނީ ގެގަނޑު އެކަނި

މާލެއިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުން ދިޔަ ދޯނީގެ ބޮޑު ބައި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން "މިނިވަން" އަށް ބުނީ ރިކާޑޯ ދޯނި ނަގަން މަހިބަދޫ ދޯނިފަހަރު ވެސް މަސައްކަތްކުރި ނަމަވެސް، މިހާތަނަށް ހަމައެކަނި ފެނިފައިވަނީ އެ ދޯނީގެ ގެގަނޑު ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގައި ތިބި އަށް މީހަކާއި އެ ދޯނީގެ ފަޅުވެރިން، މެރިން ޕޮލިސްގެ ލޯންޗަށް ނަގައި ސަލާމަތް ކޮށްފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑިއެފުން ބުންޏެވެ.

ރިކާޑޯ ނަމަކަށް ކިޔާ މި ދޯންޏަކީ އދ. އަތޮޅަށް މުދާ އުފުލަން ދަތުރުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ދޯންޏެކެވެ. އަދި އެ ދޯނި އަޑިއަށް ދިޔައިރު އަތޮޅުގެ އެކި ރަށްރަށުގެ ގިނަ އަދަދެއްގެ ވިޔަފާރިތަކުގެ މުދާ އަރުވާފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ