logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނާއި ޒުވާނުން ދިވެހިބަހަށް ޝައުގުވެރި ކުރުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ދިވެހި ބަސް ދިރުވާ އަލާކުރުމަށްޓަކާ ކުޑަކުދިންނާއި ޒުވާނުން ދިވެހިބަހަށް ޝައުގުވެރި ކުރުވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފި އެވެ.

އެމަނިކުފާނު އެކަމަށް އިލްތިމާސްކުރެއްވީ މިއަދު ރާއްޖޭގައި ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އޭގެ އިތުރުން ދިވެހި ބަސް ދިރުވާ އަލާކުރުމަށްޓަކާ ދިވެހިބަހުގެ ލިޔުންތައް އިތުރުކޮށްދިނުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.

އަދި ރައީސްގެ ޓްވީޓްގައި ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް ވަނީ އަރިސްކޮށްފައެވެ.

ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. "އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއިން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ