logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދީނާއި ގައުމަށް އެންމެ ބޮޑު އިސްކަމެއްދޭ ވެރިއަކީ ރައީސް ސޯލިހު: ޑރ. އިއާޒް

ދީނާއި ގައުމަށް އެންމެ ބޮޑު އިސްކަމެއްދޭ ވެރިއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އަދާލަތު ޕާޓީގެ އަލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެ އެވެ.

އިއާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރަށްވާ ކެނޑިޑޭޓުންގެ ތެރެއިން ގައުމާއި ދީނަށް އެންމެބޮޑު ހިދުމަތެއް ލިބޭނެކަމަށް ފެންނަނީ ރައީސް ސޯލިހުގެ ފަރާތުން ކަމަށެވެ.

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާ، ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓެވީ، ރޭ ށ. ފޯކައިދޫގައެވެ.

ރައީސް ސޯލިހު އާއިއެކު މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.

ރައީސްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ނަކަ ކުންފުނީގެ މެނޭކިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ހިމެނިވަޑައިގަނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ