logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ދުވާލަކު ހެކްޓަރެއްގެ ބިން ހިއްކޭ ޑްރެޖަރެއް ރާއްޖެ ގެެނެސްފި

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް އެ ކުންފުނިން ކުއްޔަށް ހިފި ޑްރެޖަރު ރޭގެ ވަގުތެއްގައި ރާއްޖެ ގެނެސްފިއެވެ.

"ފިލީޕޯ ބްރޫނެލޭޝީ" ނަމަކަށް ކިޔާ މި އުޅަނދަކީ ދުވާލެއްގެ މައްޗަށް ހެކްޓަރެއްގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

ބެލްޖިއަމްގެ ކުންފުންފުންޏަކަށް ނިސްބަތްވާ މި އުޅަނދު މިވަގުތު އޮތީ ހއ. އުލިގަމު ބޭރުގައި ބަނދަރުކޮށްފަ އެވެ. އަދި މިއަދު އެ ޑްރެޖަރު ބޭނުން ކޮށްގެން ބިން ހިއްކަން ފަށާނެއެވެ.

ޑްރެޖަރުން ބިން ހިއްކުމަށް ހަމަޖެހިފައިވާ 9 ރަށް:

  • ހއ. އިހަވަންދޫ
  • ށ. ކޮމަންޑޫ
  • އއ. އުކުޅަސް
  • އއ. ބޮޑުފޮޅުދޫ
  • ރ. އުނގޫފާރު
  • މ. ދިއްގަރު
  • ފ. ފީއަލީ
  • ކ. ދިއްފުށި
  • ކ. ގުޅި

މިވަގުތު އެމްޓީސީސީގެ ފްލީޓުގައި އޮތް އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ "މަހާޖައްރާފު" ންް ތިން ދުވަހުން ހިއްކޭ ތަނެއް އެއް ދުވަހުން ހިއްކޭވަރުގެ ގާބިލުކަން ލިބިފައިވާ މި ޑްރެޖަރުގެ ފުޅާ މިނުގައި 27.5 މީޓަރު، ދިގުމިނުގައި 142.5 މީޓަރު ހުންނައިރު އެ ޑްރެޖަރުގައި 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ ހުރެއެވެ.

ކްލިއަރެންސް ނިމުމާ އެކު އެ ޑްރެޖަރު ބޭނުންކޮށްގެން އެންމެ ފުރަތަމަ ހިއްކުމަށް ހަމަޖެހިފައި ވަނި ހއ. އިހަވަންދޫއެވެ. އެ ރަށުން 25 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާއިރު، އޭގެ ތެރެއިން އަށް ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިމިފައެވެ.

"ފިލީޕޯ ބްރޫނެލޭޝީ" އަކީ 2003 ބަނދެފައިވާ އުޅަނދެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *