logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ގައްބަރޭ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި

މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި ކ.މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުން އިސްތިއުނާފު ކޮށްފިއެވެ.

މެންބަރު ޒަރީރަށް ހަމަލާދިންކަަމުގެ މައްސަލާގައި ގައްބަރޭ ފުލުހުންނާއި ހަވާލުވީ އޭނާ އަމިއްލަ އަށެވެ.  އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހެވެ. ނަމަވެސް ކޯޓުން ފަހުން ވަނީ ގައްބަރޭގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ބަންދުން ދޫކޮށްލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި މި މަހުގެ ހަ ވަނަ ދުވަހު އިބްރާހިމް އަބްދުﷲ ބަންދުން ދޫކޮށްލި މައްސަލަ މި މަހުގެ ނުވަ ވަނަ ދުވަހުގައި ދިވެހިރާޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

މެމްބަރު ޒަރީރަށް ހަމަލާ ދީފައިވަނީ މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހުގެ ފަތިހު މާލޭގެ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ޒަރީރު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯދިއެވެ.

ފުލުހުން ބުނީ މެންބަރު ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *