logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ސްވިޑަން ގައި ގުރުއާން އެންދީ ސަލްވާން މޮމިކާ

ގުރުއާން އަންދާލި މައްސަލާގައި ފިޔަވަޅު އަޅަން މުސްލިމު ގައުމުތަކުން ގޮވާލައިފި

ކީރިތި ގުރުއާނަށް ފުރައްސާރަ ކުރުމަކީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ އަމަލެއް ކަމަށާއި، ގުރުއާން އެންދި މައްސަލާގައި ސްވީޑެން ޖަވާބުދާރި ކުރުވުމަށް މުސްލިމުން ގައުމުތަކުން ގޮވާލައިފިއެވެ.

އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއަށް ގަރާރެއް ހުށަހަޅެމަށް ނިންމާފައިވެއެވެ. އެ ގަރާރުގައި ވަނީ ގައުމުތަކުން މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތައް މުރާޖައާކޮށް، ދީނީ ނަފްރަތު އުފެދޭ ފަދަ އަމަލުތައް ހުއްޓުވުމަށާއި ދައުވާ ކުރުމަށް ހުރަސް އެޅިދާނެ ފަދަ ފުށުއެރުންތަކަށް ހައްލު ހޯދައިދިނުމަށް އިލްތިމާސްކޮށްފައެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ބަހުސްކުރުމުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި އެ ކައުންސިލްގެ ހުޅަނގުގެ މެމްބަރުންގެ މެދުގައި ބައިބައިވުންތަކެއް އުފެދިފައިވެއެވެ.

ހުޅަނގުގެ މެންބަރުން ވަނީ މި ގަރާރުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކުރާނެ އަސަރުތަކާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ޒަމާނުއްސުރެ ކުރަމުން އަންނަ އަމަލުތަކަށް ހުރި ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސްވިޑަންގައި ދިރިއުޅޭ އިރާގުގެ ހިޖުރަވެރިއަކު އަޟްހާ އީދު ބަންދާ ދިމާކޮށް ސްޓޮކްހޯމްގެ މިސްކިތެއްގެ ބޭރުގައި ގުރުއާން އަންދާލީހާދިސާއާ ގުޅިގެން މުޅި މުސްލިމް ދުނިޔޭގައި ނުރުހުން އުފެދި ސްވިޑެންއަ ދެކޮޅާށް މުޒާހަރަކޮށްފައިވެއެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރްދާރީ ވަނީ ހިއުމަން ރައިޓްސް ކައުންސިލާ ވީޑިއޯ މެދުވެރިކޮށް ތަގުރީރު ކުރައްވަ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ވިދާޅުވީ އެފަދަ ކަންކަމަކ ދީނީ ނަފްރަތާއި ތަފާތުކުރުން އުފައްދައި ހަމަނުޖެހުން އުފައްދަން ކުރާ ކަމެއް ކަމަށެވެ.

ޒަރްދާރީގެ ވާހަކަތަކަށް އީރާނާއި ސައުދީ އަރަބިއްޔާ އަދި އިންޑޮނޭޝިއާގެ ވަޒީރުން ވެސް ތާއީދު ކުރެއްވިއެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓާލާ،" އިންޑޮނޭޝިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ ވިދާޅުވިއެވެ.

އީރާނުގެ ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲ ހިއަން ވަނީ މިފަދަ އަމަލުތަކަށް އަވަސް އަދި ހަރުދަނާ ގޮތެއްގައި ހައްލު ހޯދުމަށް ސްވިޑެންއަށާއި ޔޫރަޕްގެ އެހެން ޤައުމުތަކަށް ގޮވާލައްވާފައެވެ. އަދި އެކަންކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *