logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޑަބްލިއުއެޗްއޯގެ އިންޒާރު: ފަސޭހައިން ދޫނި ރޯގާ ޖެހިދާނެ!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޫނި ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ އދ.ގެ ތިން އިދާރާއަކުން ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދީފިއެވެ.

އެ ވައިރަސް އިންސާނުންނަށް ފަސޭހައިން ފެތުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ކުކުޅު ދަނޑުތަކުގައި ސާފުތާހިރުކަމުގެ އާދަތައް ދެމެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ގޮވާލާފައިވެއެވެ.

ފަހަކަށް އައިސް ޖަންގަލީގެ ދޫނިތަކުގެ މެދުގައި ވަރަށް ބޮޑަށް ފެތުރޭ "އެޗް5އެން1″ ނަމަކަށް ކިޔާ ދޫނި ރޯގާގެ އާ ބާވަތެއް މިހާރު ވަނީ ކުރިން ފެނިފައިނުވާ ސަރަހައްދުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ.

ދޫނިތަކަށްވުރެ އިންސާނުންނާ ގާތް، ކުދިކުދި ދިރޭ ތަކެތީގެ މެދުގައި އެޗް5އެން1 އޭވިއަން އިންފްލުއެންޒާ ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އިންސާނުންނަށް ބަލި ޖެހުމަށް މި ވައިރަސް ފަސޭހައިން އެޑަޕްޓްވެދާނެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިންސާނުންގެ ތެރެއިން މި ވަރިރަސް ފެނިފައިވާއިރު މިހާތަނަށް ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ އަށް މީހެއްގެ ފަރާތުންނެވެ.

ޑަބްލިއު.އޯ.އޭ.އެޗްގެ ޑރ ގްރެގޯރިއޯ ޓޮރޭޒް ވަނީ އެވިއަން އިންފްލުއެންޒާގެ އިކޮލޮޖީ އާއި އެޕިޑެމިއޮލޮޖީއަށް ދާދި ފަހުން އައި ބަދަލުތަކުގެ ސަބަބުން އާ ސަރަޙައްދުތަކަށް ބަލި ފެތުރުމާއި، އާދަޔާ ހިލާފަށް ދޫނި މަރުވުމާއި، ކޭސްތައް އިތުރުވުމުގެ ސަބަބުން މުޅި ދުނިޔޭގައި ކަންބޮޑުވުން އުފެދިފައިވާކަން ފާހަގަކުރައްވާފައެވެ.

ޑަބްލިއުއެޗްއޯ އިން ދަނީ ވައިރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން މި މެމަލް އައުޓްބްރޭކްތައް ފެތުރިދާނެ ކަމަށް ބެލެވޭ ބަދަލުތަކާއި، އިންސާނުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމަށް ދިރާސާތައް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ