logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

އަންނަ އަހަރުގެ ނިޔަލަށް ލަންކާގައި ޑޮކްޓަރުން ރިޓަޔާކުރާ އުމުރު 63 އަށް

ސްރިލާންކާގެ ޑޮކްޓަރުން ރިޓަޔާކުރާ އުމުރު 2024 ވަނަ އަހަރުގެ ނިޔަލަށް 63 އަހަރަށް އިތުރުކުރުމަށް ރައީސް ރަނިލް ވިކްރަމަސިންހަ ހެލްތު މިނިސްޓަރާއި އޮފިޝަލުންނަށް އަންގަވައިފިއެވެ.

އޭގ އިތުރުން ހެލްތް މިނިސްޓްރީން ބޭނުންވާ ކަމަށް ބެލެވޭ އެހެން ހާއްސަ ކޭސްތަކަށް ވެސް ރިޓަޔާކުރާ އުމުރު އިތުރު ކުރެވިދާނެއެވެ. މިގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުން އެކުލަވާލި ސަބް ކޮމިޓީން ހުށަހެޅި ރިޕޯޓަކަށް ރިއާޔަތްކޮށެވެ.

ސިއްހީ ދާއިރާއާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ބޭސްތައް ރައްޔިތުންނަށް ވަގުތުން ލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މުޅި ސްރީލަންކާގައި ބޭސް ލިބުމުގައި ދެފުށް ފެންނަ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެ މިނިސްޓްރީން ހިންގާ ވެބްސައިޓްތަކުން ކޮންމެ ދުވަހަކު ވެސް ކޮންމެ ހޮސްޕިޓަލަކުން ލިބެން ހުރި ބޭހުގެ ޖުމްލަ އަދަދާއި ވަކި އަދަދެއްގެ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރަނިލް ވަނީ ހެލްތު މިނިސްޓްރީއަށް އަންގަވާފައެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާ މާލީ ކާރިސާގެ ތެރެއަށް ވެއްޓި، މިދިޔަ އަހަރު ބޭރުގެ ދަރަނި އަނބުރާ ނުދެއްކުމުން، ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ މުހިންމު ސާމާނާއި ބޭސް ހުސްވުމުގެ ސަބަބުން އެކަމުގެ ގެއްލުން ސްރީލަންކާގެ ޕަބްލިކް ހެލްތު ސިސްޓަމަށް ވެސް ވަނީ ލިބިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *