logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
މ. މުލަކުގައި ބޭއްވި ޖަލްސާގައި އިމްރާން ވާހަކަފުޅު ދައްކަވަނީ.

ރައީސް މ. އަތޮޅުން 60 އިންސައްތަ ނަގާނެ: އިމްރާން

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅުން 60 އިންސައްތަ ވޯޓު ހޯދާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ މ. މުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މ. އަތޮޅުގެ ރައްޔިތުންގެ ތާއީދު ރައީސަށް ލިބިފައިވާކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި މ. އަތޮޅުގެ އަގުލަބިއްޔަތު ރައީސް ސޯލިހު ހޯއްދަވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދު ތަކުގެ އިތުރުންވެސް އެތަށް ކަމެއް ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ރައީސް އިތުރަށް ވައުދުކުރައްވާނެ ކަމެއް ނެތްތާ ވައުދު ކުރެއްވި ކަންކަމަށް ވިރެ އިތުރަށް ކަންކަން ކޮށްދެއްވާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހު ކެމްޕޭން ދަތުރުފުޅުގައި ވަޑައިގަންނަވާ ރަށްރަށުގެ ރައްޔިތުންނަށް މިހާރު ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫތަކުގެ ވާހަކަތައް ހިއްސާ ކުރައްވާކަން އިމްރާން ވަނީ ފާހަގަ ކުރައްވާފަ އެވެ. އިމްރާން ވިދާޅުވީ މިހުރިހާ ކަމަކާއި އެކު ރައީސް ސޯލިހު ހުންނެވީ މިއަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާ އެހެން ކެންޑިޑޭޓުންނަށް ވުރެ ކުރީގައި ކަމަށެވެ. އަދި ރައީސް ސޯލިހާއި އަރާ ހަމަ ކުރެވޭނެ ކެންޑިޑޭޓެއް ނެތްކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *