logo minivan

English

ހޮނިހިރު, 21 ސެޕްޓެމްބަރ 2024

ރަތްމަންދޫ އައު އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި

މުލަކަތޮޅު ރަތްމަންދޫ އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

ރަތްމަންދޫ އިންޖީނުގެ ހުޅުވައިދެއްވީ ރައީސް މިހާރު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ މި އިންޖީނުގެއަކީ ބޭނުންވާ އިތުރު ހިދުމަތްތައް ދެވޭނެ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ.

ރަތްމަންދޫ އައު އިންޖީނުގޭގައި 3 ޖަނަރޭޓަރު ސެޓް ބަހައްޓާފައިވާއިރު މި ޖަނަރޭޓަރުތަކުން ޖުމްލަ 480 ކިލޯވޮޓްގެ ކަރަންޓު އުފެއްދޭނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *