logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދިއްގަރު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

މުލަކަތޮޅު ދިއްގަރު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި އިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ދިއްގަރު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގައި، ޕަބްލިކް ހެލްތް ޔުނިޓަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރޭޖް ޔުނިޓެއް ހިމެނެއެވެ.

މި އިތުރުކުރެވުނު އިމާރާތާއެކު ދިއްގަރު ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ދިއްގަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ވަނީ އެ އިމާރާތް ބައްލަވާލައްވައިލައްވާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ