logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެމްއައިބީގެ އައު ބިޒްނަސް ސެންޓަރެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އާ ބިޒްނަސް ސެންޓަރެއް ހުޅުވައިފި އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. މިއީ ކުރީގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް ހިންގި ހ. މެރިން ޑްރީމްގައި ގާއިމްކޮށްފައިވާ ސެންޓަރެކެވެ.

މި ސެންޓަރުން ލިބިގެންދާނެ ހިދުމަތްތަކުގެ ތެރޭގައި ސެލްފް ސާވިސް ރުފިޔާ އަދި ޑޮލަރު އޭޓީއެމްގެ ހިދުމަތާއި، ކާޑު ދޫކުރުމާއި އަދި ބިޒްނަސް ލައުންޖް ހިމެނެއެވެ. އޭގެ އިތުރުން، ކަސްޓަމަރުންނަށް ވަން ސްޓޮޕް ހިދުމަތެއް ލިބޭނެ ތަނަކަށް ވެސް މި ސެންޓަރު ވެގެންދާނެއެވެ.

އައު ބިޒްނަސް ސެންޓަރަކާއި އެކު އެ ބޭންކުގެ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއައިބީން ބުނެފައިވެއެވެ.

ރާއްޖެ އަށް މުޅިން އައު ހިދުމަތެއްގެ ގޮތުގައި މިފަހުން އެމްއައިބީން ވަނީ ބޭންކަށް ނުގޮސް އެ ބޭންކުގެ އެކައުންޓް ހުޅުވޭ ހިދުމަތެއް ވެސް ތައާރަފުކޮށްފައެވެ.

އެމްއައިބީން އަންނަނީ އެ ބޭންކުން ދޭ ހިދުމަތްތައް ފުޅާކޮށް، ޒަމާނީ ފެންވަރަށް ފޯރުކޮށްދެމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ