logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރައީސް ސޯލިހް ހުޅުއްވައިދެއްވައިފި

ފެލިދެއަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވައިފައި ވަނީ މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވައި ރައީސް ސޯލިހް ވަނީ އެ ހޯލު ބައްލަވާލައްވައިފައެވެ. މި ހޯލު މިއަދު ހުޅުވިގެންދިޔައިރު ކެޔޮދޫ ސްކޫލަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ދެ ބުރީގެ އިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް އިމާރާތްކުރުމުގެ މަސައްކަތް މިވަގުތު ހިނގަމުންދެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ