logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހާފިޒް ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުން ހޯދަން ފުލުހުން އިއުލާނު ކޮށްފި

މަޖީދީ މަގު، ރެޑްވޭވް ކައިރިން ހިނގާފައި ދަނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓްވެ ޒަހަމްވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރު އަލީ ހަފީޒް ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވި މީހުން ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނީ މި މޠހުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ، އެ އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

އެހެން ކަމުން އެ އިއުލާނުގައި ފުލުހުން ބުނެފައިވަނީ،  ހާފިޒް އަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދޭ ކަމަށެވެ.

ހަފީޒް ފަތިސް ނަމާދުކޮށްގެން ނިކުތް ގަޑީގައި ސައިކަލަކުން ޖެހި އަނިޔާވިއިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވަނީ ފަރުވާ ދީފައެވެ. ނަމަވެސް ހާލު ސީރިޔަސް ވުމުގެ ސަބަބުން އިތުރު ފަރުވާ އަށް އެއާ އެންބިއުލާންސްގަ ވަނީ އިންޑިއާ އަށް ފުރުވާލާފައެވެ.

މި ހާދިސާގައި ސައިކަލު ދުއަވަން އިނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ