logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 28 އަހަރަށް ޖަލަށްލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 28 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ނިޝާން އިބްރާހީމް، ދުންފިނިގެ/ ބ. ތުޅާދޫގެ މައްޗަށް ދައުލަތުން އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދެ ދައުވާއެވެ.

މިއީ 2019 ވަނަ އަހަރުގެ އެކި ދުވަސް މަތިން ކުއްޖާ އުޅޭ ގެއަށް ގޮސް އެކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އެ ކުއްޖާގެ ގައިގައި އަތްލާފައިވާތީ ކުރި ދައުވާއެކެވެ.

ދައުލަތުން ނިޝާންގެ މައްޗަށް އުފުލި ދެ ދައުވާއަށް ވެސް އޭނާ އިންކާރުކޮށްފައިވުމުން ކޯޓުން މިއަދު ނިންމީ މައްސަލާގައި ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ބެލުމަށްފަހު އެ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން އޭނާގެ މައްޗަށް އުފުލި ކޮންމެ ދައުވާއަކަށް 14 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައި، ޖުމްލަ 28 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ