logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މޮޅަދޫގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުއްވައިދެއްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މޮޅަދުއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސޯލިހު މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްގީކުރި ބަނދަރު ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެރަށުގެ ބަނދަރު ސަރަހައްދުގައި އެކަމަށްޓަކައި ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މި ހުޅުއްވައިދެއްވި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެއެވެ.

ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ސޯލިހު ވަނީ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ހަވީރު އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިއަދު ހުޅުވި އިންޖީނުގެއަކީ މޮޅަދޫގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް 4 މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *