logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ޕީޕީއެމް އިން ބޭއްވި މުޒާހަރާ އެއް

ޕީޕީއެމް އިން ރޭ ބޭއްވި މުޒާހަރާ އިން 14 މީހުން ހައްޔަރުކޮށްފި

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން 14 މީހަކު ހައްޔަރުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މާލޭގައި ބާއްވަމުންދާ މުޒާހަަރާގެ ތެރެއިން ފުލުހުން ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި ތިން އަންހެނުންނެވެ.
އެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ނިންމި ގޮތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ވ. އާރަށުގެ މައްސަލައިގައި ހިމެނޭ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއްވާފައިވަނީ "ހަރާމު ހުކުމެއް" ކަމަށް ބުނެ ޔާމީން މިނިވަންކުރުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ. އަދި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވެސް އެޕާޓީގެ މެންބަރުން ބުނަމުން ދަނީ ރައީސް ޔާމީން އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *