logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހއ. މާރަންދޫގެ އައު ފެނަކަ އޮފީސް ރައީސް ހުޅުވައިދެއްވައިފި

ހއ. މާރަންދޫގެ އައު ފެނަކަ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފިއެވެ.

އެމަނިކުފާނު އެ އޮފީސް ހުޅުވައިދެއްވީ، ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ އޮފީސް އިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް، ޒަމާނީ ފެންވަރަށް ހަދާފައިވާ އޮފީސް އިމާރާތެކެވެ.

މިއަދު ހުޅުވި އައު އޮފީހަކީ މާރަންދޫގައި ކުރިން ހުރި ފެނަކަ އޮފީހަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އޮފީހެކެވެ.

މި އޮފީހުގައި ރިސެޕްޝަން، ލޮބީ، މީޓިންގ ރޫމް، މެނޭޖަރ ރޫމް، ޓެކްނިކަލް ސްޓާފް ރޫމް، ރެސްޓް ރޫމް، ޕޭންޓްރީ އަދި ފާހާނާ ހުންނާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ރައީސް ސޯލިހް ކެމްޕޭނަށް އެކި ރަށްރަށަށް ވަޑައިގަންނަވާއިރު، އެމަނިކުފާނު އަންނަނީ އެ ރަށްރަށުގައި ސަރުކާރުން ހިންގާފައި ހުންނަ ބޮޑެތި މަޝްރޫއުތައް ވެސް އިފްތިތާހު ކޮށްދެއްވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ