މޫސުން ގޯސްވެ ރާއްޖޭގެ އުތުރުގެ ބޮޑު ސރަހައްދަކަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓު އޮފީހުން) ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު އެލާޓްގައި ބުނެފައި ވަނީ، ހދ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ވިލާގަނޑުގައި ގާތް ގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެން ކަމުން މެންދުރު 13:30 އިން ހަވީރު 18:00 އަށް ވަނީ މި އެލާޓް ނެރިފައެވެ.
Heavy rain and thunderstorms with gust winds are expected. pic.twitter.com/yKDmyPDrqa
— Maldives Meteorology (@MetMaldives) July 20, 2023
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން ދާތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.