މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އިން ފެށިގެން މ. އަތޮޅާއި ހަމައަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.
އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ، ޔެލޯ އެލާާޓް ނެރެފައިވާނީ ހެނދުނު 10:10 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު، ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Torrential rain and thunderstorms expected pic.twitter.com/ROobnT1iQw
— Maldives Meteorology (@MetMaldives) July 21, 2023
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން ދާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.