logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން އަންނަ އަންގާރަދުވަހުގެ ރޭ

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޖުލައި 25ވާ އަންގާރަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، މިނިވަންދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށެވެ. އަދި މި ޖަލްސާގައި ގިނަ އަދަދެއްގެ އިއްޒަތްތެރިން ބައިވެރި ވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެގޮތުން ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުން ހިމެނެއެވެ. މީގެ އިތުރުންވެސް އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ އިތުރުން ރާއްޖެއިން ބޭރުންވެސް އިއްޒަތްތެރިން އައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިނިވަން ދުވަހަކީ އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހެެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް ޖުލައި 26 މިނިވަންދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ