logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ލަންކާގައި ޑެންގޫ ޖެހޭ މިންވަރު ބޮޑުތަނުން އިތުރުވެއްްޖެ

ސްރީލަންކާގައި ޑެންގޫ ހުން ޖެހޭ މީހުން އަދަދު ބޮޑު ތަނުން އިތުރުވެއްޖެއެވެ.

ލަންކާގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 55،000 އިން މައްޗަށް އަރާފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު އުޅެނީ 37 ގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ޖުމްލަ 55،260 ކޭސް ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގަމްޕަހާ ޑިސްޓްރިކްޓުންނެވެ. އެ ސަރަހައްދުން 11،973 މީހަކަށް ޑެންގޫ ޖެހިފައިވެއެވެ.

މީގެ އިތުރުން ހުޅަނގު ޕްރޮވިންސުން 27،400 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ ޕްރޮވިންސްތަކަށް ބަލާއިރު އެއް ޕްރޮވިންސަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޕްރޮވިންސެވެ.

މީގެ އިތުރުން އެޕިޑެމިއޮލޮޖީ ޔުނިޓުން ވަނީ ޑެންގީ ހުން ފެތުރޭ ތަންތަން ގިނައިން ފެނިފައިވާ ހައި ރިސްކް އެމްއޯއެޗް 52 ސަރަހައްދެއް ފާހަގަކޮށްފައެވެ.

ޖުލައި މަހު މިހާތަނަށް ޑެންގީ ހުން ޖެހިގެން 5،940 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ