އިސްދޫ މުއްޔަށް މުދާ އުފުލާ ދޯންޏެއް އަރައިފިއެވެ.
އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލު ވިދާޅުވީ، ފެނަކައިގެ ގިނަ އަދަދެއްގެ މުދާ ހިފައިގެން ދަތުރު ދޯންޏެއް އިސްދޫ މުއްޔަށް އެރުމުގެ ސަބަބުން އެ ދޯނި ފުންކުރުމުގެ މަސައްކަތް ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށެވެ. މި ދޯނި އެރުމުގެ ސަބަބުން ދޯންޏަށާއި ފަރަށް ގެއްލުންވަމުންދާ ކަމަށް ހަލީލު ވިދާޅުވިއެވެ.
މި ދޯނި ފަޅަށް އެރީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެެއެވެ.