logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އަނިޔާގެ ސަބަބުން ޑޭވިޑް ސިލްވާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ސްޕެއިންގެ ޑޭވިޑް ސިލްވާ، ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

އުމުރުން 37 އަހަރުގެ ސިލްވާ، ބުނީ އޭނާގެ މުޅި ހަޔާތް މިހާތަނަށް އެކަމަކަށްޓަކައި، ހާއްސަކުރި "ފުޓްބޯޅަ ކުޅުން" ރަސްމީކޮށް ނިމުމަކަށް ގެންނަން ޖެހޭ ވަގުތު މިއީ ކަމަށެވެ.

ސިލްވާ ވަނީ ސްޕެއިންއާއެކު 2008 އާއި 2012 ގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެެވެ. އޭނާ ވަނީ ސްޕެއިން ގައުމީ ޓީމަށް 125 މެޗު ކުޅެދީފަ އެވެ.

ސިލްވާ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކުރީ އޭނާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކަކުލުގެ އޮޕަރޭޝަނެެއް ކުރަން ޖެހުމުންނެވެ،

ސިލްވާގެ ކެރިއަރުގެ އެންމެ ގިނަ ކަންކަން ހާސިލްކުރީ މެންޗެސްޓާ ސިޓީގަ އެވެ. ވެލެންސިއާ ދޫކޮށް 2010 ވަނަ އަހަރު ސިޓީ އަށް ބަދަލުވުމަށް ފަހު، ސިލްވާ ވަނީ އެ ޓީމާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހަތަރު ފަހަރު ހޯދައިފަ އެވެ. ސިޓީ ދޫކޮށް މިދިޔަ ސީޒަންތަކުގައި އެނާ ހޭދަކުރީ ސްޕެއިނުގެ ރެއާލް ސޮސިއެޑާޑްގަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ